މިކައުންސިލަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޤާނޫނީ ޝަޚުސެކެވެ. މިކައުންސިލްގައި ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކޮށްފައިތިބި 5 ކައުންސިލަރުން ތިއްބަވައެވެ. އަދި ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށްޓަކައި ސިވިލްސަރވިސްގެ މުވައްޒަފުން ހިމެނޭގޮތަށް ކައުންސިލްގެ އިދާރާއެއްވަނީ ގާއިމްކޮށްފައެވެ. މިގޮތުން މިއިދާރާ އުފެދިފައިވަނީ އަތޮޅުގެ ވެރިކަން ކުރާރަށުގައެވެ. މިއިދާރާގެ ޚިދުމަތްތައް އަމާޒުކުރެވިފައިވާނީ ހަމައެކަނި މިރަށުގެ ރައްޔިތުންނަށެވެ.

 

ތަޞައްވުރު

މިރަށަކީ، އިސްލާމް ދީނާއި ޤާނޫނު އަސާސީގެ ތަރަހައިގެ ތެރެއިން، ތަރައްޤީއާއި، ތަމައްދުންގެ ގޮތުން، ކުރިއަރާފައިވާ، ދިވެހިންގެ ތަޤާފަތު ދިރުވާ، ޢަދުލު އިންސާފުން ރައްޔިތުންނަށް ޙައްޤުތަކާއި، ޚިދުމަތްތައް ލިބިދެވޭ، ރައްޔިތުން ފަޚުރުވެރިވާ ނަމޫނާ ރަށަކަށް ހެދުން.

 

އަމާޒު

މިތަށުގެތަރައްޤީއާއި، ތަހުޒީބާއީ، ތަމައްދުންއަކީ، ދުރަށް ރާވައިގެން، މަޤްޞަދު ޙާޞިލުކުރުމަށް، ރަށުގެ ރައްޔިތުން ގުޅިގެން، ކަމާބެހޭ ފަރާތްތަކުގެ އެހީއާއި، އެއްބާރުލުމާއެކު ޙާޞިލުކުރެވޭ ނަމޫނާއަކަށް ހެދުން.